އަލްބޭނިއާގައި 'އޭއައި' މިނިސްޓަރެއް
އައްޑޫ ލައިވް
16 ސެޕްޓެމްބަރު 2025 | އަންގާރަ | 10:14
ކޮރަޕްޝާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މިހާރަށް ވުރެ ވަރުގަދަކޮށް، ހަރުދަނާ ކުރުމުގެ ގޮތުން އަލްބޭނިއާ އިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަފާދައިވާ ޕްރޮކިއުމަންޓް މިނިސްޓަރަކު އައްޔަންކޮށްފި އެވެ.
މި އަންހެން މިނިސްޓަރުގެ ނަމަކީ 'ޑިއެލާ' އެވެ. މިއީ އޭއައިން ހަދާފައިވާ މީހަކު ގައުމެއްގެ ސަރުކާރަކަށް އައްޔަންކުރި ފުރަތަމަ ފަހަރެވެ.
އޭއައި އިން ހަދާފައިވާ މިނިސްޓަރަކު އަލްބޭނިއާގެ ކެބިނެޓަށް އައްޔަންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އަލްބޭނިއާގެ ރައީސް އެޑި ރާމާ ވިދާޅުވި އެވެ.