އާސެނަލުން ބަޔާން ބަލިކޮށްފި، ލިވަޕޫލަށް ލަދުވެތި ބައްޔެއް

އައްޑޫ ލައިވް

27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:05

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލުން 3-1 އިން ބަޔާން މިއުނިކް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް 4-1 އިން ޕީއެސްވީ އަތުން ބަލިވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި އާސެނަލަށް ލީޑު ނަގައިދިނީ ޖޫރިއަން ޓިމްބާ އެވެ. މިއީ ބަޔާންގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ޓިމްބާ ކާމިޔާބުކުރި ގޯލެކެވެ. އާސެނަލްގެ ލީޑު ފުޅާކޮށްލަން އެޒޭއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ 32 ވަނަ މިނެޓްގައި އުމުރުން 17 އަހަރުގެ ލެނާޓް ކާލް ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އާސެނަލަށް ދެވަނަ ފަހަރަށް މި މެޗުގައި ލީޑު ނަގައިދިނީ މެޗުގެ 69 ވަނަ މިނެޓްގައި ނޮނީ މަޑުއޭކޭ އެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

މައުޟޫޢުތަށް