ފަހު ވަގުތު މޮޅުވެ ސިޓީ ދެވަނަ އަށް

އައްޑޫ ލައިވް

30 ނޮވެމްބަރު 2025 | އާދިއްތަ | 6:04

ފަހު ވަގުތު 3-2 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.

މި މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ 13 މެޗުން 25 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި ސިޓީ އަށްވުރެ އެއް މެޗު މަދުން ކުޅެ 23 ޕޮއިންޓާ އެކު ޗެލްސީ އޮތްއިރު އެއްވަނައިގައި 12 މެޗުން 29 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ލީގުގައި މިރޭ އާސެނަލުން ޗެލްސީއާ ދެކޮޅަށް ނިކުންނާނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓްގައި ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޮޑެން އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޮސްކޯ ގްވާޑިއޯލް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޑޮމިނިކް ކަލްވާޓް ލެވިން ލީޑްސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 68 ވަނަ މިނެޓްގައި ލޫކަސް މެޗާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީ ސިޓީ ސިއްސުވާލާފަ އެވެ.

މައުޟޫޢުތަށް