ޑްރަގް ޓްރެފިކް ކުރި ބަޔަކަށް މަރުގެ އަދަބު ދީފި
އައްޑޫ ލައިވް
1 ޑިސެމްބަރު 2025 | ހޯމަ | 1:46
ސިންގަޕޫރްގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އިތުރު ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
އެ ތިިން މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރީ މިދިޔަ ހަފުތާގެ ބުދަ އާއި ބުރާސްފަތީގަ އެވެ. އެ މީހުންގެ މައްޗަށް ހުކުމް ތަންފީޒުކުރީ ދަންޖައްސައިންނެވެ. މިއާ އެކު މި އަހަރުގެ މިހާތަނަށް ސިންގަޕޫރްގައި ވަނީ 17 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. މިއީ 2003 ގެ ފަހުން އެ ގައުމުގައި އަހަރެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް މަރުގެ ހުކުމް ތަންފީޒުކުރި ފަހަރެވެ.
މިދިޔަ ހަފުތާގައި ތިން މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި އިރު، މަސްތުވާތަަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަބަދު ދިނުމާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައެއްގެ އަަޑުއެހުމެއް ބާއްވަން މި ހަފުތާ އަށް އޮތީ ތާވަލުކޮށްފަ އެވެ.