"ތިންފަށްކޮށްލެވޭ" ފޯނު ދައްކާލައިފި

އައްޑޫ ލައިވް

2 ޑިސެމްބަރު 2025 | އަންގާރަ | 10:58

ދެކުނު ކޮރެއާގެ ސެމްސަންގުގެ "ތިންފަށްކޮށްލެވޭ" ފޯނު ދައްކާލައިފި އެވެ.

ފަށްޖެހޭ ފޯނުގެ ވާދަވެރިކަން ސްމާޓް ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި މި ފަހުން ވަރަށް ބޮޑުވެ، އެކި ކުންފުނިތަކުން ފަށްޖެހޭ ފޯނު މިހާތަނަށް މާކެޓަށް ނެރެފައިވެ އެވެ.

ސެމްސަންގުން ވެސް ކުރިން ދެ ޑިސްޕްލޭ އެކުލެވޭ ފޯނު ނެރެފައިވެ އެވެ. އެ ކުންފުނިން އަލަށް ދައްކާލާފައި މި ވަނީ "ގެލެކްސީ ޒީ ޓްރައިފޯލްޑް" އެވެ. މާނަ އަކީ މިއީ "ތިންފަށްކޮށްލެވޭ" ނުވަތަ ތިން ޑިސްޕްލޭ އެކުލެވޭ ފޯނެކޭ އެވެ. މުޅި ފޯނު އެއްކޮށް ހުޅުވައިލުމުން ޑިސްޕްލޭގެ ބޮޑުމިނުގައި 10 އިންޗި ހުންނާނެ އެވެ.

މައުޟޫޢުތަށް