ގާޒާގައި އެއްފަހަރާ 54 ކައިވެނި، ބޮޑު އީދެއް!

އައްޑޫ ލައިވް

3 ޑިސެމްބަރު 2025 | ބުދަ | 9:08

ހަނގުރާމައިގެ ސަބަބުން ވީރާނާވެ ކަރުނަ އާއި ކެކުޅުމާއި އުދާސްތަކުގެ ތެރޭގައި އޮތް ގާޒާ އަށް އިއްޔެ ކައިވެނިތަކުގެ "ބޮޑު އީދެއް" އަތުވެއްޖެ އެވެ.

ޚާން ޔޫނުސްގައި އެއްފަހަރާ ބޭއްވި 54 ކައިވެންޏާ އެކު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު އުފާވެރި ކަމެއް ގެނެސްދީފަ އެވެ. މި ކައިވެނިތަކާ އެކި ގިނަ ބައެއްގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުން ގެނެސްދީފައިވާ އިރު، ކައިވެނިކުރި އަންހެނުން ތިބީ އެއްގޮތަކަށް ޑިޒައިންކޮށްފައިވާ ފަލަސްތީނުގެ ސަގާފަތް ދައްކުވައިދޭ ކަހަލަ ހެދުމުގަ އެވެ. ކައިވެނިކުރި ފިރިހެނުން ތިބީ ކޯޓް ފަޓްލޫނުގަ އެވެ.



މައުޟޫޢުތަށް