މެދުކެނޑުމަކަށް ފަހު 'އެމްއެޗް370' ހޯދަން ފަށަނީ

އައްޑޫ ލައިވް

3 ޑިސެމްބަރު 2025 | ބުދަ | 1:34

މީގެ 10 އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއާ އެއާލައިންސްގެ ބޯޓް 'އެމްއެޗް370' ހޯދަން މި އަހަރުގެ ކުރީކޮޅު ފެށި ސާވިން އޮޕަރޭޝަން މި މަހު އަލުން ފަށަން ނިންމައިފި އެވެ.

މި އޮޕަރޭޝަނަށް އެ ގައުމުގެ ކެބިނެޓުން ރުހުން ދިނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭރު 'އެމްއެޗް370' ހޯދަން އަލުން ފެށީ 55 ދުވަހުގެ އޮޕަރޭޝަން ފެށިތަނާ މޫސުން ގޯސްވެގެން އެކަން އޮތީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.

ނަމަވެސް މިހާރު ނިންމާފައި ވަނީ މި މަހުގެ 30 ގައި އަލުން އޮޕަރޭޝަން ފެށުމަށެވެ.

މައުޟޫޢުތަށް