'ލަގް ޖާ ގަލޭ' ގެ ޝޫޓިން ހަފުތާ ބަންދުގައި

އައްޑޫ ލައިވް

4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:24

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމު "ލަގް ޖާ ގަލޭ" ގެ ޝޫޓިން ހަފުތާ ބަންދުގައި ފަށަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އަންނަ ހޮނިހިރު ދުވަހު މި އެކްޝަން ފިލްމުގެ ޝޫޓިން އަންނަ ހޮނިހިރު ދުވަހު ފެށުމަަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެފައިވާ ކަމަށެވެ. "ލަގް ޖާ ގަލޭ" ލީޑް ކާސްޓުންނަކީ ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ އެވެ.

ދަރުމާގެ އެކްޝަން ފިލްމު "ކިލް" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވު ލަކްޝް ދާދި ފަހުން ވެސް ވަނީ ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ. އެއީ ވިވެކް ސޯނީ ޑައިރެކްޓްކޮށް، އަނަންޔާ ޕާންޑޭ ބަތަލާގެ ރޯލު ކުޅުނު ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" އެވެ.

މައުޟޫޢުތަށް