'މިސިޒް ދޭޝްޕާންޑޭ' ގެ ޓްރެއިލާ ދައްކާލައިފި

އައްޑޫ ލައިވް

5 ޑިސެމްބަރު 2025 | ހުކުރު | 10:11

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް ސީރިއަލް ކިލާއެެއްގެ ރޯލު ކުޅެފައިވާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ މިހާތަނަށް މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ 58 އަހަރުގެ ބަތަލާ މިހާ ޑާކް ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. "މިސިޒް ދޭޝްޕާންޑޭ" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ގަ އެވެ. އަދި މި ގެނެސްދޭނީ ޖިއޯ ހޮޓްސްޓާއިންނެވެ.

"މިސިޒް ދޭޝްޕާންޑޭ" އަކީ "ބޮލީވުޑް ކޯލިން" އާއި "އިގްބާލް" އާއި "ދޯރް" އަދި "އާޝާޔޭ" ފަދަ ފިލްމުތައް ގެނެސްދިން ނާގޭޝް ކުކްނޫރް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މި ސީރީޒް ހަދާފައި ވަނީ ނެޓްފްލިކްސް އިން 2017 ގައި ގެނެސްދިން ފްރާންސްގެ މަގުބޫލު ތުރިލާ ސީރީޒް "ލަ މެންޓޭ" އަސްލަކަށް ބަލައިގެންނެވެ.

މައުޟޫޢުތަށް