މަރުވެފައި އޮތް މީހެއްގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިއްޖެ

އައްޑޫ ލައިވް

5 ޑިސެމްބަރު 2025 | ހުކުރު | 9:53

މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ގޮހޮރުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން ނަގައިފި އެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

ފުލުހުން މިރޭ ބުނީ މިހާތަނަށް ބެލިބެލުމުން މިމީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެމީހަކާއެކު ނޮވެމްބަރު 26 ވަނަ ދުވަހު ކަމަށެވެ. އެމީހުން މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަށް ޗެކިން ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށާ އަދި އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށެވެ.

މައުޟޫޢުތަށް