ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާއާ ހަވާލުކޮށްފި

އައްޑޫ ލައިވް

5 ޑިސެމްބަރު 2025 | ހުކުރު | 9:58

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން އެހީވާން ރާއްޖެ އިން "ސިލޯނާ އެކު ދިވެހިން" ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އެވެ.

ޓެލެތޯނުން ލިބުނު ފައިސާގެ އިތުރުން ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް