ވޯލްޑް ކަޕްގައި ފްރާންސާއި ނޯވޭ އެއް ގްރޫޕަކަށް

އައްޑޫ ލައިވް

6 ޑިސެމްބަރު 2025 | ހޮނިހިރު | 1:22

އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގައި ފްރާންސާއި ނޯވޭ އަދި ސެނެގާލް އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެވެ.

ގްރޫޕް އައިގައި ފްރާންސާއި ނޯވޭ އަދި ސެނަގާލްގެ އިތުރުން ހިމެނުނީ ޕްލޭއޮފްގައި ސުރިނާމް، ބޮލިވިއާ އަދި އިރާގުގެ ތެރެއިން އަންނަ ޓީމެކެވެ.

ގްރޫޕް ސްޓޭޖުގައި ފްރާންސާއި ނޯވޭ ބައްދަލުކުރާ މެޗު ވެގެންދާނީ، ނޯވޭގެ ފޯވާޑް އާލިން ހާލަންޑާއި ފްރާންސްގެ ކިލިއަން އެމްބާޕޭގެ ކުރިމަތިލުމަކަށެވެ. މި ގްރޫޕްގައި ދެން ހިމެނޭ ސެނެގާލް އިން ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސްގެ މައްޗަށް 1-0 އިން ކުރި ހޯދައިފަ އެވެ.

މައުޟޫޢުތަށް