ޝާހިދު، އދ ގެ ސެކެޓްރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި
އައްޑޫ ލައިވް
6 ޑިސެމްބަރު 2025 | ހޮނިހިރު | 6:06
އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު އާއި ގުޓިރޭޒް ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ އިރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްޕުޅަށާއި، އޭރު ޝާހިދު ފެއްޓެވި ބައެއް މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ "ފޯ އަވާ ފިއުޗާ" ރިޕޯޓާއި ބެހޭ މައުލޫމާތުވެސް ޝާހިދު އދ. ގެ ސެކެޓްރީ ޖެނެރަލްއާ ހިއްސާކުރެއްވި އެވެ.
އދ. ގެ މެމްބަރު 70 ޤައުމާއި އދގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ މި ރިޕޯޓާއި ގުޅޭ ގޮތުން ކީނޯޓް ސްޕީޗެއް ވެސް ދެއްވާފަ އެވެ.