ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމެއް!
އައްޑޫ ލައިވް
6 ޑިސެމްބަރު 2025 | ހޮނިހިރު | 9:20
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސައްޙަ ނޫން މެސެޖުތަކެއް ކުރަމުންދާތީ، ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ކުރާ ފޯނު ކޯލުތަކަށް ސަމާލުވުމަށް އެދިއްޖެ އެވެ.
އެތަނުން ނެރުނު ބަޔާނެއްގައި ބުނީ ހައްޖަށް ދާން އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަމަވެސް ޙައްޖަށް ގެންދަން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ބަޔާނުގައި ބުންޏެވެ.