ޗައިނާގެ 'ރެޑްނޯޓް' ޓައިވާންގައި މަނާ!
އައްޑޫ ލައިވް
6 ޑިސެމްބަރު 2025 | ހޮނިހިރު | 10:34
އޮންލައިންކޮށް ވިޔަފާރި ކުރަން ވެސް މިހާރު ބޭނުން ކުރަމުން އަންނަ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ރެޑްނޯޓް (ޝިއާއޯހޮންގްޝޫ) ޓައިވާންގައި މަނާކުރަން ނިންމައިފި އެވެ.
އެ ގައުމުން ބުނީ އަހަރު ދުވަހަށް އެ އެޕް މަނާކުރަން ނިންމީ އެ މެދުވެރިކޮށް ސްކޭމްތައް ހިންގަމުންދާކަމުގެ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ. ޓައިވާންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 'ރެޑްނޯޓް" މެދުވެރިކޮށް، މަކަރާއި ހީލަތުގެ 1،700 އަށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ މައްސަލަތަކުގައި ފޭރިގަތް ފައިސާގެ އަދަދު 7.9 މިލިއަން ރުފިޔާ އަށް އަރަ އެވެ.