ފުރާނަ އަށް ދޭން ޖެހޭ ކާނާ!

އައްޑޫ ލައިވް

16 ޖެނުއަރީ 2026 | ހުކުރު | 6:45

ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ޤަލަމެވެ. މި ދުނިޔެ އުފެއްދެވުމަށް ފަހު މަލާއިކަތުންނާއި ޖިންނީން އެ އިލާހު ވަނީ އުފައްދަވާފަ އެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައި ވަނީ އެ އިލާހުގެ އަމުރުފުޅުތައް ތަންފީޛު ކުރުން މަތީ ދެމިތިބުމަށެވެ. މަލާއިކަތްބޭކަލުން އުފައްދަވާފައި ވަނީ އެ އިލާހުގެ ނޫރުންނެވެ.

އިންސާނުން ބޭނުންވާފަދަ ހުރިހާ ޖިސްމާނީ އެދުންތަކާއި ޣަރީޒާތަކުން އެއިލާހު ވަނީ މަލާއިކަތުން ސަލާމަތް ކުރައްވާފަ އެވެ. އެބޭކަލުން ރެއާއި ދުވާލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަސްބީޙަކިޔައި ތަޙްމީދުކޮށް ތިބެތެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުރެއްވުމުގައި ކިޔަމަންތެރިކަމާއެކު ތިއްބަވައެވެ. މަލާއިކަތުންގެ ޢަދަދު ގަދަކީރިތިވަންތަ ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެ އެވެ.

ދެން ފަހެ މި ދުނިޔެ މަތީގައި އިންސާނުން ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވި ހިނދު ދުނިޔޭގެ ބިމުން ވެލި ގެނައުމަށް އެއިލާހުގެ މަލާއިކަތުންނަށް އެންގެވި އެވެ. އެ ވެލީގެ ޒަރީއާ އިން އެއިލާހު އާދަމް ޢަލައިއްސަލާމް އުފެއްދެވިއެވެ. އަދި އޭގެފަހުގައި ފުރާނަ އެޅުއްވި އެވެ. އަހަރެމެން އިންސާނުންގެ ދެރަ ނިކަމެތިކަމާ އެވެ. ނެތުމުގެ ތެރެއިން ވެލީގެ ޛަރީއާއިން އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ލެ އާއި، މަހާއި ކައްޓާއި، ދަތާއި، ނިޔަފައްޗާއި އިސްތަށްޓާއި އަދިވެސް ތަފާތު މާއްދާތަކެއް ވާގޮތަށް ޚަލްޤުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމާ އެވެ.

މައުޟޫޢުތަށް