ކެރިކްގެ ފުރަތަމަ މެޗުން ޔުނައިޓެޑުން ސިޓީ ބަލިކޮށްފި
އައްޑޫ ލައިވް
17 ޖެނުއަރީ 2026 | ހޮނިހިރު | 8:19
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ޔުނައިޓެޑުން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މިއީ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހަމަޖެއްސި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑްގެ ކޯޗުކަމަށް ކެރިކް ހަމަޖައްސާފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ.
މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ 22 މެޗުން 35 ޕޮއިންޓު ހޯދައިގެން ލީގުގެ ފަސްވަނަ އަށް ޖެހިލާފަ އެވެ. ސިޓީ އޮތީ 22 މެޗުން ލިބުނު 43 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެ 49 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ.