ގެއްލުނު ބޯޓް ވެއްޓިފައި ވަނިކޮށް ފެނިއްޖެ
އައްޑޫ ލައިވް
18 ޖެނުއަރީ 2026 | އާދިއްތަ | 10:39
އެގާރަ މީހުންނާ އެކު އިއްޔެ ދަތުރަކަށް ނުކުތްތާ މާ ގިނައިރުތަކެއް ނުވަނީސް ގުޅުން ކެނޑި ގެއްލުނު އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓްގެ ބޯޓް ވެއްޓިފައި ވަނިކޮށް މިއަދު ފެނިއްޖެ އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ އޭޓީއާރް 42-500 މަރުކާގެ ބޯޓްގެ ބައިތަކެއް ފެނިފައި ވަނީ ދެކުނު ސުލަވެސީގެ ފަރުބަދަމަތީގެ ސަރަހައްދެއް ކަމަށްވާ ބުލުސަރަންގު އިން ކަމަށެވެ. ވެއްޓިފައި ވަނިކޮށް ބޯޓްގެ ބައިތަކެއް ފެނިފައި ވަނީ މިއަދު ހެނދުނު 7:46-7:49 އާ ދޭތެރޭގަ އެވެ.
ނަމަވެސް ބޯޓްގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ.