މަރަދޫ ބަލިކޮށް އައްޑޫގެ ޗެމްޕިއަންކަން ހިތަދު އަށް

އައްޑޫ ލައިވް

18 ޖެނުއަރީ 2026 | އާދިއްތަ | 5:45

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދައިފި އެވެ.

މުބާރާތުގެ އައްޑޫގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި މަރަދޫގެ މައްޗަށް 5-2 އިން ކުރި ހޯދައިގެންނެވެ.

މި މެޗުގައި ހިތަދޫ ޓީމުން ޖެހި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އަމްނު އެވެ. މިއީ ކޯނަރަކުން ޖައްސާލި ޕާހަކުން އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 12 ވަނަ މިނެޓްގައި މުހައްމަދު ޝަހާއު އަލީގެ ގޯލުން މަރަދޫން ނަތީޖާ އެއްވަރުކުރި ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވަނީ ހިތަދޫ ޓީމުގެ ކެޕްޓަން ހާޒިމް ފައުޒީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ.

މައުޟޫޢުތަށް