އެފްރިކާގެ ޗެމްޕިއަންކަން ސެނެގާލް އަށް

އައްޑޫ ލައިވް

19 ޖެނުއަރީ 2026 | ހޯމަ | 6:45

މުބާރާތް ބޭއްވި މޮރޮކޯ 1-0 އިން ބަލިކުރުމަށްފަހު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ސެނެގާލް އިން ހޯދައިފި އެވެ.

މިއީ ސެނެގާލް އިން އެފްރިކަޕް ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެޓީމުން މި މުބާރާތް އެންމެ ފުރަތަމަ ކާމިޔާބުކުރީ 2021 ވަނަ އަހަރު އެވެ.

މޮރޮކޯ އިން ރޭ ނިކުތީ 1976 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ތަށި ހޯދުމަށެވެ. އެގޮތުން މޮރޮކޯ އަށް ތަށި ހޯދައިދޭން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް މޮރޮކޯގެ ބްރަހިމް ޑިއާޒް ޖެހި ޕެނަންކާ ޕެނަލްޓީ ދިޔައީ، ސެނެގާލް ކީޕަރު އެޑޮއާޑް މެންޑީ އަތަށެވެ.

މައުޟޫޢުތަށް