ދެ ރޭލު އެކްސިޑެންޓްވެ ގިނަ ބަޔަކު މަރުވެއްޖެ
އައްޑޫ ލައިވް
19 ޖެނުއަރީ 2026 | ހޯމަ | 9:40
ދެކޮޅަށް ދަތުރު ކުރަމުން ދިޔަ ރޭލުތަކެއް އެކްސިޑެންޓްވެ، ސްޕެއިން 20 އަށް ވުރެ ގިނަ މީހުން މަރުވެ، 70 އަށް ވުރެ ގިނަ މީހުން ޒަހަވެއްޖެ އެވެ.
އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާރް ޕުއެންޓޭއާ ހަވާލާދީ މީޑިއާތަކުން ބުނީ ދެކުނު ސްޕެއިިންގައި ރޭ ހިނގި ހާދިސާގައި ޒަހަމްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 30 އަށް ވުރެ ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އެހެންވެ މަރުތަކުގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި ހާދިސާގައި ޖުމްލަ 73 މީހަކަށް އަނިޔާވި އިރު، މަރުވި މީހުންގެ އަދަދު މިހާރު 21 އަށް އަރަ އެވެ.