ޗައިނާގެ ސްޓީލް ފެކްޓަރީއެއް ގޮވައިފި
އައްޑޫ ލައިވް
19 ޖެނުއަރީ 2026 | ހޯމަ | 11:16
ޗައިނާގެ ސްޓީލްގެ މަސައްކަތް ކުރަމުން އަންނަ ފެކްޓަރީއެއް ގޮވައި ދެ މީހަކު މަރުވެ، 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ އުތުރު ޗައިނާގެ އިނަ މިންގޯލިއާގައި ހިންގަމުން އަންނަ ސަރުކާރުގެ ބައޯގަންގް ޔުނައިޓެޑް ސްޓީލް ޕްލާންޓްގަ އެވެ.
މީޑިއާތަކުން ބުނީ އިއްޔެ މެންދުރު ފަހު 3:00 އެހާކަށް އިރު، އެތަނުގައި ހިނގި ގޮވުމުގެ ހާދިސާގައި ޖުމްލަ 84 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.