ޕާކިސްތާންގެ މޯލެއްގައި ރޯވެ 21 މަރު

އައްޑޫ ލައިވް

19 ޖެނުއަރީ 2026 | ހޯމަ | 6:25

ޕާކިސްތާންގެ ކަރާޗީގެ ބޮޑު ޝޮޕިން މޯލެއްގައި ރޯވެ ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ގުލް ޕްލާޒާގައި ރޯވި ހާދިސާގައި އަލިފާން ނިއްވަން ކުރި މަސައްކަތް 24 ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އިރު، ހާދިސާގައި މިހާތަނަށް 21 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާގައި 60 އަށް ވުރެ ގިނަ މީހުން ގެއްލިފައިވެ އެވެ.

ޝޮޕިން މޯލްގައި ރޯވެ އިމާރާތުގެ ބޮޑު ބައެއް ވެއްޓިފައިވާ އިރު، މީގެ ސަބަބުން އިމާރާތުގެ ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވެ އެވެ.

މައުޟޫޢުތަށް