ޝުކުރުގެ ސަޖިދަ ކުރާނެ ގޮތް
އައްޑޫ ލައިވް
23 ޖެނުއަރީ 2026 | ހުކުރު | 6:45
1. ޝުކުރުގެ ސަޖިދަ
ޝުކުރުގެ ސަޖިދަ އަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ ދަތިކަމަކުން ސަލާމަތްވުމުގެ ސަބަބުން ނުވަތަ އުފާވެރި ޚަބަރެއް ލިބުމުން ކުރުން ސުންނަތް ވެގެންވާ ސަޖިދައެކެވެ. އޭގެ ދަލީލަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަބޫ ބަކްރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ މި ޙަދީޘެވެ.
(أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ) {رواه الترمذي (1578) وابن ماجه (1394)أبو داود (٢٧٧٤) وصححه الشيخ الألباني رحمه الله في ” صحيح أبي داود “}