އިންޑިއާގެ ފިލްމަކަށް ޖޭލޯ ލަވައެއް ކިޔަނީ

އައްޑޫ ލައިވް

23 ޖެނުއަރީ 2026 | ހުކުރު | 10:26

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އިންޑިއާގެ ފިލްމަކަށް ލަވައެއް ރެކޯޑް ކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ "ޕަތާން" އާއި "ފައިޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީ، މިހާރު ޝާހްރުކްގެ ޚާންގެ "ކިންގް" ހަދަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސިދާތު އާނަންދާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވެގެން ސްޕެއިންގެ ޕްރޮޑަކްޝަން ހައުސްތަކަކާ ގުޅިގެން އިންޓަނޭޝަނަލް ޕްރޮޖެކްޓެއްގެ ގޮތުގައި ހަދަމުން އަންނަ "ވައިޓް" ކަމަށެވެ.



މައުޟޫޢުތަށް