37 އަހަރު ކުރިން ހެދި ފިލްމެއް އަލަށް ރިލީޒް ކުރަނީ

އައްޑޫ ލައިވް

23 ޖެނުއަރީ 2026 | ހުކުރު | 6:03

ބޮލީވުޑުން މީގެ 37 އަހަރު ކުރިން އުފެއްދި ފިލްމެއް މުޅިން އަލަށް ސިނަމާތަކަށް ގެންނަން ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމަކީ ރަޖްނީކާންތާއި ހެމާ މާލިނީގެ އިތުރުން ޝަތުރުގަން ސިންހާ މުހިއްމު ރޯލުތައް ކުޅެފައިވާ "ހަމް މޭ ޝެހެންޝާ ކޯން؟" އެވެ. މި ފިލްމަކީ 1989 ގައި ރާޖާ ރޯއި ފިލްމްސް އަށް ހަރްމޭޝް މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

އެކިއެކި ސަބަބުތަކާ ހެދި "ހަމް މޭ ޝެހެންޝާ ކޯން؟" ބެލުންތެރިންނަށް ގެނެސްނުދެވި އެތައް އަހަރެއް ފާއިތުވެފައި ވަނިކޮށް، މި ފިލްމު، މި ޒަމާނުގެ ޓެކްނިކަލް މަސައްކަތްތަކާ އެކު، އޭގެ މަސައްކަތް ނިންމައި، ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ އިރު، ބެލުންތެރިންނަށް ދޫކޮށްލާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މައުޟޫޢުތަށް