ޑްރަގްގެ ބޮޑެއް މެކްސިކޯ އިން އަތުލައިގެންފި
އައްޑޫ ލައިވް
24 ޖެނުއަރީ 2026 | ހޮނިހިރު | 9:49
އެމެރިކާ އިން އަތުލައިގަންނަން މަސައްކަތް ކުރަމުން އައި މަސްތުވާތަކެތީގެ ބޮޑެއް މެކްސިކޯ އިން ހައްޔަރުކޮށްފި އެވެ.
އަތުލައިގެންފައި ވަނީ ރަޔަން ޖޭމްސް ވެޑިން، 44، އެވެ.
ކެނެޑާ އަށް ނިސްބަތްވާ ރަޔަން އަކީ ސްނޯބޯޑިން އިން އޮލިމްޕިކްސްގައި ވެސް ކެނެޑާ ތަމްސީލުކޮށްފައިވާ މީހެކެވެ. އޭނަ މެކްސިކޯ އިން ބުރާސްފަތި ދުވަހުގެ ރޭ ގަތީ ހައްޔަރުކުރީ އަތުލައިގަންނަން މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.