ﷲ އާ ކުއްތަންވުމަށްޓަކައި މާއިރާ ނިދުން!
އައްޑޫ ލައިވް
25 ޖެނުއަރީ 2026 | އާދިއްތަ | 6:45
ކޮންމެ ދުވަހެއްގައި ވެސް ﷲ ތަޢާލާ ލައްވާފައިވާ އެންމެ މާތް ވަޤުތަކީ ރޭގަނޑުގެ ފަހު ބައެވެ. އެ ވަޤުތަކީ އެއީ އަޅުކަން ކުރުމަށް އެންމެ މާތްކަންބޮޑު ވަޤުތެވެ.
ﷲ އާ ކުއްތަންވުމަށްޓަކައި، އެ ވަޤުތު ޣަނީމާކުރަން ޖެހެއެވެ. އެކަން ކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލު ގެންނަން ޖެހެއެވެ.
ދިރިއުޅުމާއި، ވަޒީފާ އާއި، ތަޢުލީމު އުނގެނުމާއި، ކަސްރަތާއި ކުޅިވަރާއި، މުނިފޫހިފިލުވުމުގެ އެކި އެކި ވަސީލަތްތަކާއި ސްމާރޓް ޑިވައިސްތަކުގެ މި ޒަމާނުގައި ވަރަށް ގިނަ މީހުން ނިދަނީ، އެންމެ މާތް ވަޤުތު ކައިރިވެފައި ހުއްޓައެވެ. ރޭގަނޑުގެ ފުރަތަމަ ބަޔާއި ދެވަނަބައިގައި ހޭލާހުރެފައި، ނުވަތަ ވަޤުތުތައް ބޭކާރުކޮށްފައި، އަރާ ނިދަނީ، ﷲ އަށް ކުއްތަންވުމަށްޓަކައި އެންމެ އައުލާކަން ބޮޑު ވަޤުތުގައެވެ.