ތަރައްގީ މަޑުޖައްސަން އިންތިހާބުގައި ފުރުސަތު ނުދޭތި: ރައީސް

އައްޑޫ ލައިވް

24 ޖެނުއަރީ 2026 | ހޮނިހިރު | 8:01

ތަރައްގީ މަޑުޖައްސަން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ފުރުސަތު ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ޕީއެންސީން މިއަދު ހަވީރު ބޭއްވި ކެމްޕޭން އިވެންޓެއްގައި ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ ފަޅީގައި އޮތް އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ރައްޔިތުންނާއި ސަރުކާރާއި މެދަށް އިދިކީލަ ވިސްނުންތަކެއް ނުވެއްދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާ ހެދުމާއި، އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ، މި ސަރުކާރު މި އޮތީ އަޅުގަނޑުމެންގެ ރައްޔިތުންނާއި އެކީގައި،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް