ދިއްދޫން 41 ހެކްޓަރުގެ ބިން ހިއްކައިފި
އައްޑޫ ލައިވް
24 ޖެނުއަރީ 2026 | ހޮނިހިރު | 9:10
ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އެ ރަށަށް 115 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް 41 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.