މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށައިފި

އައްޑޫ ލައިވް

24 ޖެނުއަރީ 2026 | ހޮނިހިރު | 9:25

ކުރިއަށް ރޯދަ މަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފަށައިފި އެވެ.

މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ފެށިއިރު، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށާއި މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދު ކަމަށެވެ.

އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މައުޟޫޢުތަށް