ސިޓީ އަށް މޮޅެއް، ފަހު ވަގުތު ލިވަޕޫލް ބަލިވެއްޖެ

އައްޑޫ ލައިވް

25 ޖެނުއަރީ 2026 | އާދިއްތަ | 6:00

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ މޮޅުވިއިރު، ފަހު ވަގުތު ލިވަޕޫލް ބަލިވެއްޖެ އެވެ.

މި މޮޅާއެކު ސިޓީ އޮތީ 23 މެޗުން 46 ޕޮއިންޓާއެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ސިޓީއަށް ވުރެ އެއް މެޗު މަދުން ކުޅެ 50 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ލީގުގައި މިރޭ އާސެނަލުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނިކުންނާނެ އެވެ. ލީގުގެ ތިންވަނައިގައި 22 މެޗުން 43 ޕޮއިންޓާއެކު އެސްޓަންވިލާ އޮތްއިރު، ހަތަރުވަނައިގައި 23 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

އަމިއްލަ ދަނޑުގައި ސިޓީ މޮޅުވީ ލީގުގެ ފުލުގައި އޮތް ވުލްވްސްއާ ބައްދަލުކޮށް 2-0 އިންނެވެ.

މައުޟޫޢުތަށް