މުފްތީ ތަޤީ ޢުޘްމާނީގެ ގޮވައިލެއްވުން
އައްޑޫ ލައިވް
12 މާރިޗު 2026 | ބުރާސްފަތި | 9:23
މުފްތީ މުޙައްމަދު ތަޤީ އުޘްމާނީ އަކީ މިއަދު އިސްލާމީ އުންމަތުގައި ހުންނެވި އެންމެ ވަރުގަދަ އަދި އެންމެ އިޙްތިރާމް ލިބިގެންވާ އެއް ޢިލްމުވެރިޔާ އެވެ.
އެމަނިކުފާނުގެ ޢިލްމީ ފުންކަމާއި، ޙިކުމަތްތެރިކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނު މަޝްހޫރުވެފައި ވަނީ "ޝައިޚުލް އިސްލާމް" ގެ ލަޤަބުންނެވެ. އެމަނިކުފާނަކީ ކީރިތި ޤުރުއާނުގެ ތަފްސީރާއި، ޙަދީޘް ޢިލްމާއި، އިސްލާމީ ފިޤުހާއި ( )، ތަޞައްވުފުގެ ޢިލްމާއި، އިސްލާމީ އިޤްތިޞާދުގެ ( ) އިތުރުން ތަފާތު ދީންތަކާ ބެހޭ ޢިލްމުގައި ( ) ދުނިޔެ ބަލައިގަންނަ އެންމެ ކުރިއަރާފައިވާ އެއް ޢިލްމުވެރިޔާއެވެ.
"ދަ 500 މޮސްޓް އިންފްލުއެންޝަލް މުސްލިމްސް" ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ. 2020 ވަނަ އަހަރު، މުޅި ދުނިޔޭގައި ހުރި އެންމެ ނުފޫޒުގަދަ މުސްލިމް ޝަޚްޞިއްޔަތަކަށް ހޮވިވަޑައިގަތީވެސް އެމަނިކުފާނެވެ. އެމަނިކުފާނަކީ އިސްލާމީ ޢިލްމުތަކުން މިއަދުގެ ޒަމާނީ މައްސަލަތަކަށް ޙައްލު ހޯއްދެވުމުގައި ދެވަނައެއް ނެތް ބޭފުޅެކެވެ. އެ މަނިކުފާނަކީ މި ޒަމާނުގެ އިސްލާމީ ފައިނޭންސްގެ ބާނީ އެވެ.