ލަރިޖާނީގެ ހަނދާންތަކެއް!
އައްޑޫ ލައިވް
18 މާރިޗު 2026 | ބުދަ | 3:30
އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ޤައުމީ ދިފާޢުއާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މުޝީރު ޑރ. ޢަލީ ލަރިޖާނީ މި ވަނީ ޝަހީދުކޮށްލައިފަ އެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ތަޝްރީފުތައް ލިޔެވޭހުށީ އީރާނުގެ ރައްޔިތުންނަށާއި އިސްލާމީ އިންޤިލާބީ ލީޑަރޝިޕަށް އެންމެ ވަފާތެރި އެންމެ އިޚްލާޞްތެރި އަދި ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ނަމޫނާ ލީޑަރެއްގެ ގޮތުގައެވެ.
ދީނަށް ލޯބިކުރެއްވި، ޤައުމީވަންތަކަން އިސްކުރެއްވި ދަރިއެއްގެ ގޮތުގައެވެ. ދީނާއި ޤައުމުގެ ދިފާޢުގައި އަނިޔާވެރި ޒަޔަނިސްޓުންނާ ދެކޮޅަށް އީރާނުން ކުރަމުންދާ ޖިހާދުގެ މައި އެއް ސިކުނޑީގެ ގޮތުގައެވެ. މަރަށް ބިރެއްނެތި، ޖިހާދުގެ ކުރީ ސަފަށް ނިކުމެ ވަޑައިގެން ހުންނެވި ހިތްވަރުގަދަ ޤާއިދެއްގެ ގޮތުގައެވެ.