އީރާން ހަނގުރާމަ؛ ކަސްތޮޅުތަކުން މިނިވަންވުން!
އައްޑޫ ލައިވް
18 މާރިޗު 2026 | ބުދަ | 10:30
އީރާނުން ކުރާ ހަނގުރާމައިގެ ސީދާ އަދި ނުސީދާ ނަތީޖާތަކަކީ އަނިޔާވެރި ކަސްތޮޅު ތަކަކުން ދުނިޔެ މިނިވަންވުމެވެ. ޝައްކެއް ނެތް ގޮތުގައި އީރާނުން އެކަނި މާއެކަނި މިހާރު އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އެ ކުރަނީ މި ޒަމާނުގެ ތާރީޚުގައި ބަޔަކު ކުރި އެންމެ ފަޚުރުވެރި މަސައްކަތެވެ.
1. އިރާނުން ޔޫއޭއީ ގެ ބިއްލޫރި އެމްޕަޔާއި ރެނދު ލައްވާލުމުގެ ސަބަބުން ބޭރު ގައުމު ތަކުގައި ޔޫ.އޭ.އީ އިން ހިންގަމުން އަންނަ ފަސާދަ ހުއްޓާލައި އަމިއްލަ ޙާލާއިގެން އުޅެން އެމީހުންނަށް މަޖުބޫރު ވާނެ އެވެ. ޔޫއޭއީ އިން ފަންޑުކޮށް ހަތިޔާރު ދޭ ޓެރަރިސްޓް އާރްއެސްއެފް () ގެ ކިބައިން ސޫދާން އެބަ މިނިވަންވެ އެވެ. 2. ޔޫ.އޭ.އީ ގެ ކިބައިން ޔަމަންވެސް މިނިވަން ވާނެ އެވެ. 3. ބަޙްރައިންގެ ރައްޔިތުން އަނިޔާވެރި ވެރިކަމަކުން ސަލާމަތް ވުމުގެ މަގު ކޮށައިފި އެވެ. 4. އިޒްރޭލަށް ކެނޑިނޭޅި ދެމުންދާ ވަރުގަދަ ޙަމަލާ ތަކުގެ ސަބަބުން ޓެރަރިސްޓް އިޒްރޭލުގެ އިސް އެތައް ބަޔަކު މަރާލައި އެމީހުންގެ ހަނގުރާމަ ކުރުމުގެ ގާބިލިއްޔަތު ކުޑަވެ ކޮންމެވެސް ވަރަކަށް ހަމަބިމަށް ތިރިވާން އެބަ މަޖުބޫރު ކުރުވައެވެ. އޭގެ ސަބަބުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢުދުވާނަށް އެބަ ހުރަސް އަޅަ އެވެ. 5. ލުުބުނާނަށް އަރައިގަތުމަށް އިޒްރޭލުން ކުރާ މަސައްކަތްތައް އެބަ ހުއްޓުވަ އެވެ. 6. އީރާނުން ހުރުމުޒު ކަނޑު އޮޅި ބަންދު ކޮށްގެން އުފެއްދި ޙާލަތުގެ ސަބަބުން ރަޝިޔާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން މަޖުބޫރު ކުރުވައިފި އެވެ. 7. ޗައިނާގެ ޔުވާން އަކީ ތެޔޮ ގަންނަ ފައިސާއަކަށް ހެދުމުގެ ސަބަބުން "ޕެޓްރޯ ޑޮލަރު" އިން ދުނިޔޭގެ ކަރުގައި ޖަހާފައިވާ މަޅި އީރާނުން ކޮންމެވެސް ވަރަކަށް ދޫކޮށް ދީފި އެވެ. 8. ތުރުކީއާއި ޕާކިސްތާނާއި އަދި މުޅި ޢަރަބި އިސްލާމީ ބިންތަކަކީ އިޒްރޭލުގެ އަމާޒުތަކެކެވެ. މި ތަންތަނުގެ އައްޑަނަ އަކީ މިއަދު އީރާނެވެ. އެމެރިކާއިން ޗައިނާއަށް ކޮށްފާނެ ގޯނާއާ ދެކޮޅު ދިފާޢީ އައްޑަނަ އަކީ ވެސް އީރާނެވެ. 9. އެމެރިކާގެ މައްޗަށް ވެރިވެފައި އޮތް "އެޕްސްޓީން" () ގޭންގުގެ ބާރު އީރާނުން އެ ކަނޑުވާލަނީއެވެ. 10. އެމެރިކާ އަކީ ބަލި ނުކުރެވޭނެ ސުޕަޕަވާއެއްކަމުގެ ތަސްވީރު އީރާނުން ފުނޑުފުނޑުކޮށްލައިފި އެވެ. މީގެ ސަބަބުން އެމެރިކާގެ އިސްތިޢުމާރީ ވަކިތަކުގެ ކިބައިން މެދުއިރުމަތި މިނިވަން ކުރުމުގެ މަގު އީރާނުން ކޮށައިފި އެވެ.
ނޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.