ޢީދު ދުވަހުގެ ބައެއް އަދަބުތަކާއި ސުންނަތްތައް
އައްޑޫ ލައިވް
20 މާރިޗު 2026 | ހުކުރު | 6:00
ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން ކޮންމެވެސް އެއްޗެއް ކެއުން، އަދި އަޟްޙާ ޢީދު ނަމާދުން އެނބުރި އައުމަށް ފަހު ކެއުން، މިއީ ރަސޫލުﷲ ﷺގެ އަރިހުން ޘާބިތު ކަމެކެވެ. އަޟްޙާ ޢީދާ ޚިލާފަށް ފީޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އެކަލޭގެފާނު ކަދުރު ފަރިއްކުޅުއްވަ އެވެ.
އަނަސް(ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ؛
“كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ. وَيَأْكُلُهُنَّ وِتْرًا.” (البخاري 953)