އީރާނުގެ މޮޒައިކް ޑޮކްޓަރިން: ދިފާޢީ ނިޒާމުގެ ފަލްސަފާ
އައްޑޫ ލައިވް
20 މާރިޗު 2026 | ހުކުރު | 10:43
އީރާނަކީ އަސްކަރީ ގޮތުން ކިހާ ބާރުގަދަ ޤައުމެއްކަން އެ ޤައުމުން ދަނީ އެމެރިކާއާއި އިޒުރޭލުން އެ ޤައުމާ ދެކޮޅަށް ފެށި ނިރުބަވެރި ހަނގުރާމައިގައި ސާބިތުކޮށްދެމުންނެވެ. ދުނިޔޭގެ އަސްކަރީ އެންމެ ބޮޑު ބާރާއި ޒަޔަނިސްޓު ދައުލަތުން ހީކުރި ކަހަލަ އަވަސް ނަތީޖާއެއް ނުނެރެވި ހަނގުރާމަ ދިގުލައިގެން މިދަނީ ކީއްވެގެންތޯ އެވެ؟ އީރާނުގެ ރޫޙީ ލީޑަރާއި އެތައް އިސްވެރިންނެއް ޝަހީދުކޮށްލުމުން ވެސް އީރާނުގެ ދިފާޢީ ފާރު ފޫއަޅުވާ ނުލެވިގެން މިއުޅެނީ ކީއްވެގެންތޯ އެވެ؟
އީރާނުގެ އެތަކެއް ލީޑަރުންނެއް ޝަހީދުކޮށް، އެތައް ތަނެއް ބިމާ ހަމަކޮށް ސްކޫލުތަކާއި ހަސްފަތާލުތަކަށް ހަމަލާދީ ކިޔަވާ ކުދިންނާއި އާންމުންގެ އެތައް ބަޔަކު ދުޝްމަނުންގެ ހަމަލާތަކުގައި ޝަހީދުވެއްޖެ އެވެ. އޭގެ ބަދަލުގައި އީރާނުން އެންމެ ތަންފުކެއް ވެސް ދޫނުދީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދަނީ ދެމުންނެވެ. އީރާނުން އިޒުރޭލަށް ދެމުންދާ ގެއްލުންތައް ވެސް ވަރަށް ބޮޑެވެ. އަދި އެމެރިކާ އާއި އެމެރިކާގެ ބައިވެރީންނަށް ވެސް ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑެވެ. މި ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި އިޒުރޭލުން ކިތަންމެ ބޭނުންވިޔަސް އެ ބާރު ވެސް އޮތީ އިރާނުގައެވެ.
ސާޅީހަކަށް އަހަރު ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮތް އީރާނުގެ އަސްކަރީ މި ޤާބިލިއްޔަތުގެ ފަހަތުގައި ވަނީ އީރާނުގެ ދިފާޢީ އިސްތިރާޖީ ފަލްސަފާއެވެ. އެ ފަލްސަފާއަކީ "މޮޒައިކް ޑޮކްޓަރިން" ( ) އެވެ. މިއީ އެ ޤައުމަށް ކުރިމަތިވެދާނެ ބޭރުގެ އުދުވާންތަކުން ސަލާމަތްވުމަށާއި، ދުޝްމަނުންގެ ބާރު ކަނޑުވާލުމަށް ފަރުމާކޮށްފައިވާ އާދަޔާޚިލާފު އާ ދިފާޢީ ނިޒާމެކެވެ.