އީރާނުގެ ވެރިން އެހާ ފަސޭހަކޮށް ޝަހީދުކޮށްލެވެނީ ކީއްވެ؟

އައްޑޫ ލައިވް

21 މާރިޗު 2026 | ހޮނިހިރު | 9:16

އީރާނުގެ އެންމެ މަތީ ފަންތީގެ މަސްއޫލުވެރިންނާއި، ދީނީ އަދި އަސްކަރީ ލީޑަރުންނާއި މަޝްހޫރު ސައިންސްވެރިންނަށް އަމާޒުކޮށް އިޒުރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ ލީޑަރުން ޝަހީދުކޮށްލައިފި އެވެ. އެހާ ފަސޭހައިން އީރާނުގެ ލީޑަރުން ޚާއްޞަކޮށް ޤައުމުގެ އެންމެ އިސް މަސްއޫލުވެރިން ޝަހީދުކޮށްލެވެނީ ކީއްވެގެންތޯ އެވެ؟

އިޒުރޭލުން ދީފައިވާ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އަދި ސައިންޓިފިކް ދާއިރާގެ ގިނަ އަދަދެއްގެ އިސް ބޭފުޅުން ވަނީ ޝަހީދުކޮށްލާފައެވެ. އެ ލިސްޓަށް އީރާނުގެ ރޫޙީ ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ އާއި ސިޔާސީ އެތައް ބޭފުޅުންނެއް ވަނީ އިތުރުކޮށްފަ އެވެ.

ޚާމަނާއީ ޝަހީދުކޮށްލި ހަމަލާގައި އޭނާގެ އެޑްވައިޒަރު އަލް ޝަމްހާނީ، ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރްޒާދީހް، ސުޕްރީމް ލީޑަރުގެ މިލިޓަރީ ބިއުރޯގެ ޗީފް މުޙައްމަދު ޝިރާޒީ، އައިއާރުސީޖީގެ ޗީފް، މުހައްމަދު ޕަކްޕޫރު އަދި އިންޓަލިޖެންސް އޮފިޝަލް ސަލާހް އަސާދީ ޝަހީދުކޮށްލިއެވެ. އޭގެފަހުން އީރާނުގެ ސަލާމަތީ ބާރުގެ ވެރިޔާ ޢަލީ ލަރިޖާނީ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ގުލާމްރޭޒާ ސުލައިމާނީ އާއި އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަތީބް ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ.

މައުޟޫޢުތަށް