"ފޭކް" ޚަބަރުތަކާއި މަންޒަރުތައް ފެތުރުމުން ދުރުވަމާތޯ!

އައްޑޫ ލައިވް

21 މާރިޗު 2026 | ހޮނިހިރު | 10:07

މިއީ އޭ.އައި ގެ ޒަމާނެވެ. ސޯޝަލް މީޑިއާ ގެ މައްޗަށް ނަޒަރެއް ހިންގާލާއިރު އެންމެ ގިނައިން ފެންނަނީ އަސްލު ނޫން "ފޭކް" ފޮޓޯތަކާއި، ވީޑިއޯ ކްލިޕްތަކާއި އެފަދަ ޚަބަރު ތަކެވެ. ފޭކް ފޮޓޯ އެއް ހަދާލުމަކީ މިއަދު އެންމެ ސިކުންތުކޮޅެއްގެ ކަމެކެވެ. އަޅުގަނޑުމެނަށް ވާގޮތަކީ އޭގައި އަޅުގަނޑުމެންނަށް ހިތްއެދޭ ވައްތަރު ވާހަކައެއް ނުވަތަ ގޮތެއް ހުރި ނަމަ ޝެއަރ ކޮށްލެވެނީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަރަށް ސީނިއަރ މުޙުތަރަމް ބޭފުޅުންނަށްވެސް ޖަޒުބާތުގައި މިކަންތައް އެބަ ކުރެއްވެއެވެ.

މި ހިނގަމުން މިދާ ހަނގުރާމައިގައި އަޅުގަނޑުމެން ދިވެހިން އެދެނީ އީރާން މޮޅު ވާށެވެ. ވީމާ ޙަގީގަތަށްވުރެ މާބޮޑުކޮށް އީރާނަށް މޮޅުވާ ގޮތަށް ހަދާފައި ފަތުރަމުން ގެންދާ ޚަބަރު ތަކާއި، ފޮޓޯ ތަކާއި އަދި ވީޑިއޯ ތަކުން ސޯޝަލް މީޑިއާ މިވަނީ ފުރިފައެވެ. ޙަގީގަތަކީ އީރާން އެކުރަމުން ދަނީ "އެގްޒިސްޓެންޝަލް" ނުވަތަ ދެމިއޮތުމާއި ނުއޮތުމުގެ ހަނގުރާމައެކެވެ. އީރާން ކުރިމަތި ލައިގެން އެއުޅެނީ ދުނިޔޭގައި ތިބި އެންމެ ބާރުގަދަ އަދި ޖައްބާރު ދެ ގައުމާ އެވެ. ވީމާ އެއީ އީރާނަށް ފަސޭހަ ޙާލަތެއް ނޫނެވެ. ޚަބަރަކީ ނުވަތަ ތަޞްވީރަކީ ޙަގީގަތެއްތޯ ނުވަތަ ފޭކް އެއްޗެއްތޯ ދެނެގަންނަން މިއަދު

މިވަނީ ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ. ސަބަބަކީ މައިގަނޑު ބައިނަލް އަޤްވާމީ ނުވަތަ "މެއިންސްޓްރީމް" މީޑިއާ ތަކުން ވެސް ޚަބަރު ތައް ފަތުރަނީ އެބައެއްގެ ކޮޅު ބުރަވާ ގޮތަށެވެ. ވަކިކޮޅަކަށް ނުޖެހި، އިންސާފަށް "ނިއުޓްރަލް" ގޮތެއްގައި ޚަބަރު ފަތުރާ އެއްވެސް މީޑިއާ އެއް ނޯންނާނެއެވެ.

މައުޟޫޢުތަށް