'ކޭ3ޖީ' ގެ ދެވަނަ ބައެއް ހަދާކަށް ނޫޅެން: ކަރަން

އައްޑޫ ލައިވް

21 މާރިޗު 2026 | ހޮނިހިރު | 11:15

މީގެ 25 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު ކަބީ ހުޝީ ކަބީ ޢަމް (ކޭ3ޖީ) ގެ ދެވަނަ ބައެއް ހަދަން އުޅޭ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ކަރަން ޖޯހަރް ދޮގުކޮށްފި އެވެ.

ޕޮޑްކާސްޓް ޝޯ ދަ ރައިޓް އެންގަލްގައި އޭނަ ބުނީ 2001 ގައި ރިލީޒްކުރި ފިލްމުގެ ދެވަނަ ބައެއް ހެދުމަކީ ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. ކަރަން ބުނީ 'ކޭ3ޖީ' އަކީ އެތަކެއް ހަނދާންތަކާ ގުޅިފައިވާ އަދި އެތައް ބައެއްގެ ހިތްތަކުން ވެސް ޖާގަ ހޯދާފައިވާ ވަރަށް ހާއްސަ ފިލްމަކަށްވާތީ އެ ފިލްމުގެ ޖަޒުބާތު ގެއްލުވައިލަން ބޭނުން ނުވާ ކަމަށެވެ.

"އެހެންވެ ކޭތުރީޖީގެ ހަނދާންތަކާއި ޖަޒުބާތުތައް ހަލާލުކޮށްލާކަށް ބޭނުމެއް ނޫން." ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ބުންޏެވެ.

މައުޟޫޢުތަށް