އާސެނަލް ބަލިކޮށް ސިޓީން ލީގު ކަޕް ކާމިޔާބުކޮށްފި
އައްޑޫ ލައިވް
23 މާރިޗު 2026 | ހޯމަ | 6:03
އާސެނަލް 2-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފިއެވެ.
ވެމްބްލީގައި ރޭ ކުޅުނު ފައިނަލްގެ ފުރަތަމަ ހާފްގައި ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އާސެނަލްގެ ފޯވާޑް ކައި ހަވެޓްޒް އަށެވެ. ނަމަވެސް ސިޓީގެ އޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ސިޓީގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑް އެވެ.
ދެވަނަ ހާފްގައި ސިޓީން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނުއިރު، މެޗުގެ 60 ވަނަ މިނެޓްގައި ނިކޯ އޮ ރެއިލީ ވަނީ ސިޓީއަށް ލީޑު ނަގައިދީފަ އެވެ. މިއީ އާސެނަލްގެ ކީޕަރު ކެޕާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އާސެނަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އޮ ރެއިލީ އެވެ.