ބޭރުގެ އާ ރައުޓާތައް އެމެރިކާގައި މަނާކޮށްފި!
އައްޑޫ ލައިވް
24 މާރިޗު 2026 | އަންގާރަ | 1:59
އެހެން ގައުމުތަކުގައި އަލަށް އުފައްދާފައިވާ އިންޓަނެޓް ރައުޓާތައް އެމެރިކާގައި މަނާކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަން (އެފްސީސީ) އިންނެވެ. އެގޮތުން އެތަނުން އިއްޔެ ވަނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެހެން ގައުމުތަކުގެ އުފެއްދުންތަކުގެ ލިސްޓެއް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެހެން ގައުމުތަކުގައި އުފައްދާފައިވާ އިންނަޓެޓް ރައުޓާތައް އެމެރިކާގައި ބޭނުން ކުރުން މަނާވާނެ އެވެ.
ސަބަބެއް ކަމަށް ބުނެފައި ވަނީ އެފަދަ ވަސީލަތެއްގެ ސަބަބުން ގައުމީ ސަލަމާތަށް ނުރައްކާވެދާނެކަމުގެ ބިރު އޮތުމެވެ.