މި ސީޒަނަށް ފަހު ސަލާހު ލިވަޕޫލް ދޫކޮށްލަނީ
އައްޑޫ ލައިވް
25 މާރިޗު 2026 | ބުދަ | 6:01
މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު ނިންމާފައިވާ ކަމަށް އެ ކްލަބުން އިއުލާނުކޮށްފި އެވެ.
މިދިޔަ ސީޒަނުގެ ނިޔަލަށް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުރި، އުމުރުން 33 އަހަރުގެ ސަލާހު ވަނީ ދެ އަހަރަށް އެއްބަސްވުން އާ ކޮށްފަ އެވެ. އެކަމަކު، އެ ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ނިމުމުން، މި ސީޒަނަށް ފަހު، ބާކީ އެއް އަަަހަރު އޮއްވައި، ސަލާހު ވަނީ ލިވަޕޫލާ އެކު އެއްބަސްވުމަކަށް އަތުވެ، ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.
މި ސީޒަނުގައި، ސަލާހާއި ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓްގެ ދެމެދު މައްސަަލަތަކެއް ޖެހުނުއިރު، ޖެނުއަރީ ޓްރާންސްފާގައި ސަލާހު ލިވަޕޫލް ދޫކޮށްލާނެ ކަމަށްވެސް ބެލެވުނެވެ. ނަމަވެސް ފަހުން ސަލާހު ވަނީ އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފި އެވެ.