ސައުދީ އަށް ގޯސްވީ އީރާން!
އައްޑޫ ލައިވް
25 މާރިޗު 2026 | ބުދަ | 10:34
އެމެރިކާ އާއި އިޒްރޭލުން މިހާތަނަށް އީރާނަށް ކުރާހާ ޖެއްސުމެއްގައި ސައޫދިއަރަބިއާ ކޮންމެވެސް އެއްސިފައެއްގައި ބައިވެރިވެއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި އުދުވާންގައި އިޒްރޭލުން އީރާނަށް ބޮންއެޅުމަށް ދަތުރުކުރާ ހަނގުރާމަމަތީ މަތިންދާބޯޓްތަކަށް ތެޔޮ އަޅައިދެނީ ސައޫދިއަރަބިއާގައި ހުންނަ އެމެރިކާގެގެ ބޭސްތަކުން ފުރައިގެންދާ މަތިންދާބޯޓް ތަކުންނެވެ.
އެމެރިކާއިން ސީދާ އީރާނަށް ދޭ ހަމަލަތަކުގައި ވެސް ސައޫދިއަ ރަބިއާގެ ވައިގެ ސަރަޙައްދު ބޭނުންކުރެ އެވެ. މިކަން އީރާނަ ށްވެސް އެނގެއެވެ. އީރާނުގެ ހަކަތައިގެ ސިނާޢަތަށް ހަމަލަ ދީފި ނަމަ، އޭގެ ރައްދުގައި ގަލްފުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެވެސް މަސްލަޙަތު އޮންނަ ހަކަތަ އުފައްދާ ސިނާޢަތްތަކަށް ހަމަލަދޭނެ ވާހަކަ އީރާނުން ދުރާލާ އިންޒާރު ދިނެވެ. އީރާނުން ކޮންމެ ހަމަލައެއްވެސް ދެނީ ދުރާލާ އިންޒާރު ދިނުމަށްފަހުއެވެ. ހަމަލަ ދިނުމުގެ ކުރީން މީހުން އެތަނެއްދޫކޮށް ދިއުމަށްވެސް އިންޒާރު ދެއެވެ.
ސައޫދި އަރަބިއާގެ ހަކަތައިގެ މަރުކަޒަކަށް އީރާނުގެ މިސައިލުތަކުން ހަމަލަ ދީ ހަލާކުކޮށްލުމުން ސައޫދިއަރަބިއާގެ ޚާރިޖީވަޒީރުއަށް މުސްލިމު ގައުމަކުން އަނެއް މުސްލިމު ގައުމަކަށް ހަމަލަދިނުމަކީ ދީން ހުއްދަ ނުކުރާ ކަމެއް ކަމަށް ވިދާޅުވެވިއްޖެއެވެ.