އީރާނީން ހޯދާ ކާމިޔާބަށް އުފާކުރުން ހުއްދަވާނެތަ؟
އައްޑޫ ލައިވް
25 މާރިޗު 2026 | ބުދަ | 11:34
އިބްނު ކަޘީރު ވިދާޅުވެފައިވެ އެވެ؛
"وفيها: فتح المعز الفاطمي حصن طبرمين من بلاد المغرب – وكان من أحصن بلاد الفرنج – فتحه قسرا بعد محاصرة سبعة أشهر ونصف، وقصد الفرنج جزيرة إقريطش فاستنجد أهلها المعز، فأرسل إليهم جيشا فانتصروا على الفرنج ولله الحمد والمنة" البداية والنهاية الجزء الحادي عشر
"ހަމަ އެ އަހަރު އަލްމުޢިއްޒު އަލްފާޠިމީ މަޣުރިބުކަރައިގެ ކިއްލާއެއް ކަމުގައިވާ ޠަބަރުމީން ކިއްލާ ފަތަޙަކުރެއްވިއެވެ. އެއީ ފަރަންޖީން އެންމެ ބޮޑަށް ޙިމާޔަތް ހޯދައިގެން ތިބި އެންމެ ރައްކާތެރި، އެއް ކިއްލާއެވެ. އެތަން އޭނާ ގަދަކަމުން ފަތަޙަކުރެއްވީ ހަތް މަހާއި ބައިވާންދެން ދެމިގެންދިޔަ ޙިޞާރަކަށް ފަހުގެއެވެ. އެއަށްފަހު، ފަރަންޖީން ދިމާކުރީ ކްރީޓް ޖަޒީރާއަށް އަރައިގަތުމަށެވެ. އެހިނދު އެރަށުގެ އަހުލުވެރިން އަލްމުޢިއްޒުލް ފާޠިމީ ގެ އެހީތެރިކަމަށް އެދުމުން އެމީހުންނަށް ފޮނުއްވި މަދަދެއްގެ ގޮތުން ލަޝްކަރެއް ފޮނުއްވިއެވެ. މި ލަޝްކަރު (ކާފިރު) ފަރަންޖީންގެ މައްޗަށް ކާމިޔާބު ހޯދިއެވެ. الله އަށް ޙަމްދާއި ޝުކުރު ހުއްޓެވެ."