ނަމާދުގައި ސޫރަތްތަކުގެ ތަރުތީބުން ނޫން ގޮތަކަށް ކިޔެވުން!
އައްޑޫ ލައިވް
26 މާރިޗު 2026 | ބުރާސްފަތި | 7:30
ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި މާތް ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްލެއްވުން އެދެނީ އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންގެ މައްޗަށެވެ.
ސުވާލު: ނަމާދުކުރާ މީހާ، މުޞްޙަފުގައިވާ ތަރުތީބާ ޚިލާފަށް ސޫރަތްތައް ކިޔެވުން ހުއްދަވާނެތޯ އެވެ؟
މި މައްސަލައަށް ފިޤުހު އިލްމުވެރިންގެ މެދުގައި ކިޔަނީ "التنكيس" އެވެ. އެއީ ނަމާދުގެ ތެރޭގައި ނުވަތަ ނަމާދުން ބޭރުގައި ވިޔަސް، މުޞްޙަފުގެ ތަރުތީބާ ނޫން ގޮތަކަށް ސޫރަތްތައް ކިޔެވުމެވެ. މިސާލަކަށް ފުރަތަމަ ރަކުޢަތުގައި {قل أعوذ برب الفلق} ކިޔެވުމަށް ފަހު، ދެވަނަ ރަކުޢަތުގައި {الزلزلة} ސޫރަތް ކިޔެވުން ފަދަ ކަންކަމެވެ.