ހުޅުމާލެ ހޮސްޕިޓަލް ތެރޭގައި 250 އެނދުގެ އިމާރާތެއް އަޅައި، ޑައިލިސިސް ހިދުމަތް ދޭން ފަށަނީ

އަދަދު

30 މޭ 2025 | ހުކުރު | 3:49

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ ތެރޭގައި 250 އެނދުގެ ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެއް ހަފުތާގެ މެދުކެނޑުމަކަށްފަހު މިއަދު ކުރިއަށް ގެންދިޔަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.

އެ ގޮތުން އެ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރިއަށް ހަތް އެނދު އިތުރުކޮށް، އެތަނުގެ ޖާގަ ދެގުނަ ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް