500 އަހަރަށްވުރެ ގިނަދުވަސްވީ ވެލިދޫ ބޮޑު ނިކަގަހުގެ އެއްބައި ގަދަވަޔާއެކު ވެއްޓިއްޖެ
އަދަދު
30 މޭ 2025 | ހުކުރު | 10:04
މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ނ. ވެލިދޫގައި ހުންނަ 520 އަހަރުވީ ބޮޑު ނިކަގަހުގެ ބޮޑުބައެއް މިއަދު ވެއްޓިއްޖެ އެވެ.
އެ ރަށު ކައުންސިލުގެ ރައީސް، އާތިފް ހުސެއިން އަދަދުއަށް ވިދާޅުވީ އެ ގަހުގެ ބޮޑު ދެ އޮފިގަނޑު ވެއްޓުނީ މިއަދު ހަވީރު އައި ވައިގަނޑެއްގައި ކަމަށެވެ. ގަހުގެ ދެ އޮފިގަނޑު ވެއްޓުމުގެ ސަބަބުން އެރަށު ވޮލީ ކޯޓު ވެސް އެއްކޮށްހެން ހަލާކުވެފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ.
"ވަރަށް ބާރު ވައިގަނޑެއްގައި ވެއްޓުނީ ހަވީރު 3:40 ހާއިރު، ގަހުގެ ބޮޑުބައެއް ވެއްޓުނީ، ވޮލީ ކޯޓު ވެސް ހަމަ އެއްކޮށްހެން ހަލާކުވެފައި އޮތީ،" އާތިފް ވިދާޅުވި އެވެ.