ފޭކު ޕްރިންސްގެ ވާހަކަ އާއި ފޮޓޯތައް ރައީސް އޮފީސް ވެބްސައިޓުން ނަގަން އެންގީ ސައުދީ ސަރުކާރުން
އަދަދު
31 މޭ 2025 | ހޮނިހިރު | 10:14
ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށްފަހު، ސައުދީ ޝާހީ އާއިލާގެ އަމީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން އާންމު ކުރި ހަބަރުތަކާއި ފޮޓޯތައް ނެގީ ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިގެން ކަން މި ނޫހަށް އެނގިއްޖެ އެވެ.
ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.
ކަމުގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް، މައާފަށް އެދިފައިނުވާތީ ވެސް ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށްވެ އެވެ.