ހައްޖުގެ އަޅުކަން އަދާކުރަން ރައީސްގެ ދެކަނބަލުންނާއި ގިނަ ވަޒީރުންތަކެއް ސައުދީއަށް
އަދަދު
31 މޭ 2025 | ހޮނިހިރު | 10:02
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސައުދީއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. ރައީސްގެ ދެކަނބަލުންނާއެކު ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ވެސް މި އަހަރުގެ ހައްޖަށް ފުރި އެވެ.
ސަރުކާރުން ބުނީ މި ވަފުދުގައި ހިމެނޭ އެންމެ ސައުދީގައި ތިބޭނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ މެހްމާންދާރީގައި ކަމަށެވެ.